ނިލަންދެއަތޮޅު އުތުރުބުރި
ވިކިޕީޑިއާ އިން
ޚުލާޞާ މަޢުލޫމާތު | |
އިދާރީ ނަން: | ފ.އަތޮޅު |
އަތޮޅުގެ ނަން: | ނިލަންދެ އަތޮޅު |
އޮތްތަން: | 3° 20' N and 3° 03' N |
އިނގިރޭސި ކޯޑު: | L |
އަކުރު: | F (ފ) |
ވެރިރަށް: | ނިލަންދޫ |
އާބާދީ: | 4641 |
ރަށްތަކުގެ ޢަދަދު: | 23 |
މިޙުން އުޅޭ ރަށްތައް: | 5 |
އަތޮޅުވެރިޔާ: | ޢަބުދުﷲ ޖަމީލް |
މީހުން އުޅޭ ރަށްތައް | |
Bileddhoo ދަރަބޫދޫ Feeali Filitheyo Magoodhoo ނިލަންދޫ | |
ފަޅު ރަށްތައް | |
Badidhiffusheefinolhu Dhiguvarufinolhu Enbulufushi Faanuvaahuraa Himithi Jinnathugau Kandoomoonufushi Maafushi Maavaruhuraa Madivaruhuraa Makunueri Minimasgali Villingilivarufinolhu Voshimasfalhuhuraa ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ. |
ނިލަންދެއަތޮޅު އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ނިލަންދޫ އެވެ. މިއަތޮޅު އޮންނަނީ ނިލަންދެ އަތޮޅު ދެކުނު ބުރި އާއި، އަރިއަތޮޅު ދެކުނު ބުރި އާއި، ދެމެދުގައެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ މިހާރު ވެރިކަންކުރާރަށް ނިލަންދުއަށެވެ. މިއަތޮޅަށް ދެވިފައިވާ އިގިރޭސި އަކުރަކީ L އެވެ. އަތޮޅުގެ ރަށްތަކުގެ އަދަދަކީ 23 އެވެ. އެއީ މީހުން އުޅޭ 5 ރަށާއި، ފަޅު 18 ރަށެވެ.
އާބާދީ 2005 ވަނަ އަހަރުގެ ނިޔަލަށް ފ.އަތޮޅުގެ އާބާދީ އަކީ 4665 އެވެ. އެއީ 2293 އަންހެނުންނާއި، 2372 ފިރިހެނުންނެވެ. 2000 ވަނަ އަހަރުން ފެށީގެން 2005 ވަނަ އަހަރުގެ ނިޔަލަށް އަތޮޅުގެ އާބާދީ އިތުރުވެފައިވާ ނިސްބަތަކީ 1.8 އެވެ.
އިގްތިޞާދުފ.އަތޮޅުގެ ރައްޔިތުން އާއްމުދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމެވެ. ވަރަށް ގިނަ މީހުން ފާނައިގެ މަސައްކަތުގައި ހަރަކާތްތެރި ވެއެވެ. އިހިނެގުމާއި، ފަރުކެޔޮޅުކަން، އަދި ވަދު މަސްވެރިކަން ވެސް ކޮންމެސް މިންވަރަކަށް ކޮށް އުޅެއެވެ. ހަމަ މިހެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އާއި، ރިސޯޓްތަކުގެ ވަޒީފާތަކުގައި ވެސް އުޅެއެވެ.
ދަނޑުވެރިކަމަކީ ވަރަށް ކުރިއްސުރެ މިއަތޮޅުގެ މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. ޚާއްޞަކޮށް ނިލަންދޫއަކީ ދަނޑުވެރިން ގިނަ ރަށެކެވެ. މިގޮތުން ފަތްކެޔޮ، ކަރާ، ކިއުކަމްބާ، ބަރަބޯ، ކައްޓަލަ، މިރުސް، ކޮޕީފަތް، ހިކަނދިފަތް. ކުއްޅަފިލާ ފަތް، ބަނބުކެޔޮ، އަތަ، ފޭރު، އަންނާރު، އަނބު، އަދި މިނޫނަސް ތަފާތު ބާވަތްތައް ހައްދައި އުޅެއެވެ.
ތަޢުލީމް ފ. އަތޮޅު ތަޢުލިމީ ހާލަތަށް ބަލާއިރު ހުރިހާ ރަށެއްގައި ވެސް ގްރޭޑް 10 ގެ ފެންވަރަށް ކިޔަވައި ދެއެވެ. އެންމެ ފުރަތަމަ ގްރޭޑް 8 އުފައްދާފައިވަނީ ނިލަންދޫގައި ހުންނަ ފ. އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ. އެއީ 1996 ވަނަ އަހަރުއެވެ. 1998 ވަނަ އަހަރު ތައުލީމީ މަރުކަޒުގެ ފަރާތުން ޖީސީއީ އޯލެވެލް އިމްތިހާނުގައި ފުރަތަމަ ފަހަރަށް ބައިވެރިވި އެވެ. އެފަހަރު ބައިވެރިވި 7ކުދިންގެ ތެރެއިން 2 ކުއްޖަކަށް މަތީ ސާނަވީ ތައުލީމުގެ މަރުކަޒު ސީއެޗްއެސްސީ އަށް ވަނުމުގެ ފުރުޞަތު ލިބުނެވެ. އެންމެ ފަހުން ގްރޭޑް 8 އުފެއްދީ ދަރަބޫދޫ ސްކޫލުގައެވެ. އެއީ 2005 ވަނަ އަހަރު އެވެ.
ޞިއްޙަތު އަތޮޅުގެ ޞިއްޙީ ހާލަތަށް ބަލާއިރު އަތޮޅުގެ ދަރަބޫދޫ ފިޔަވައި ކޮންމެ ރަށެއްގައި ވެސް ޞިއްޙީ މަރުކަޒު ހުރެއެވެ. ނިލަންދޫގައި ހުންނަ ފ. އަތޮޅު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. ދަރަބޫދޫއަކީ ވެރިރަށް ނިލަންދޫ އާއި ދާދި ކައިރީގައި އޮންނަ ރަށެއް ކަމުން ދަރަބޫދޫ މީހުން ގިނައިން ޞިއްޙީ ޚިދުމަތް ހޯދުމަށް ދަނީ ނިލަންދޫ އަށެވެ.