ދިވެހި ރައްޔިތުންގެ ޕާޓީ
ވިކިޕީޑިއާ އިން
ދިވެހި ރައްޔތުންގެ ޕާރޓީ އަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ހުއްދަ ލިބިގެން ހެދިފައްވާ ސިޔާސީ ޕާރޓީ އެކެވެ. 2 ޖޫން 2006 ގައި ދިވެހިރާއްޖޭގެ ޕާރލިމެންޓްގެ 50 މެމްބަރުންގެ ތަފާތުވުމެއް ނެތި ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީ އުފައްދައި ހިންގުމުގެ ބިލް ފާސްކުރވުނެވެ. މިބިލް ފާސް ކުރެވުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާރޓީގެ ގޮތުގައި ޑީ.އާރް.ޕީ (DRP) އުފެދުނެވެ. މިޕާރޓީގެ ބާނީ އަކީ އަދި ރައީސް އަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުޘްތާޛް މައުމޫން އަބްދުއްލް ގައްޔޫމް އެވެ.
[އުނިއިތުރު ގެންނަވާ] ޕާޓީގައި އުޅެނީ ކޮންބައެއް؟
- ދިވެހި ރައްޔިތުންގެ ޕާޓީ.ގެ ބާނީއަކީ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އަދި، ސަރުކާރުގެ ވަޒީރު ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުން އެންމެ ގިނައިން ޝާމިލުވަނީ ޑީ.އާރް.ޕީ ގައެވެ. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޙާއްޞަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގިނަބޭފުޅުންނަކީވެސް ޑީ.އާރ.ޕީ ގެ އުޞޫލުތަކާއި ޢަމާޒުތައް ޤަބޫލުފުޅު ކުރައްވާ، މިޕާޓީގެ މެންބަރުންގެ ގޮތުގައި ސޮއިކުރައްވާފައެވެ. ވިޔާފާރިއާއި އިޤްތިޞާދީ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކުވެސް ވަނީ މިޕާޓީގެ މެންބަރުންގެ ގޮތުގައި ސޮއިކޮށްފައެވެ. އަދި، މިހާރުވެސް ވަރަށް ގިނަ ބަޔަކުދަނީ މިޕާޓީގައި ބައިވެރިވެ، ހަރަކާތްތެރިވަމުންނެވެ.