ގަންސް އެން ރޯސަސް
ވިކިޕީޑިއާ އިން
ގަންސް އެން ރޯސަސް | ||
---|---|---|
![]() އޮރިޖިނަލް ގަންސް އެން ރޯސަސް. (ވާއަތުން ކަނާއަތައް ) ސްޓީވަން އެދްލާރ، ސްލޭޝް، އެކްސެލް ރޯސް، އިޒީ ސްޓްރެޑްލިން، ޑަފް މެކޭގަން.
|
||
ބޭންޑުގެ މަޢުލޫމާތު | ||
އަސްލު | ލޮސް އެންޖަލީސް, ކެލިފޯނިޔާ, ޔޫއެސްއޭ ![]() |
|
ބާވަތް | ހާޑް ރޮކް | |
ބޭންޑް ދެމިއޮތީ | 1985 - މިއަދާ ހަމަޔަށް | |
ލޭބަލްސް | UZI Suicide Geffen Universal |
|
ވެބްސައިޓް | http://www.gunsnroses.com/ |
ގަންސް އެން ރޯސަސް އަކީ 1980ގެ ފަހުގެ އަހަރުތަކުގައި އާއި 1990ގެ ކުރީކޮޅުގައި މަޝްހޫރުވެގެން ދިޔަ އެމެރިކާގެ "ހާރޑް ރޮކް" ބޭންޑެކެވެ. 1987 ގައި މިބޭންޑުގެ ފުރަތަމަ އަލްބަމް "އެޕެޓައިޓް ފޯރ ޑިސްޓްރަކްޝަން" އާއި އެކު މުޅިދުނިޔޭގެ މަޝްހޫރު ކަން ހޯދިއެވެ. 1991ގައި ޖެހިޖެހިގެން ނެރުނު ދެ އަލްބަމް ކަމުގައިވާ "ޔޫޒް ޔުއަރ އިލިއުޝަން I" އަދި "ޔޫޒް ޔުއަރ އިލިއުޝަން II" އާއި އެއްވާމެއްގައި ދެމުން އައި ޝޯވ ތައް މި ބޭންޑް ހޯދި މަޝްހޫރުކަން އެއް ހަމައެއްގައި ހިފަހައްޓައި ދިނެވެ. ދުނިޔޭގެ ފެންވަރުގައި ގާތްގަނޑަކަށް 90މިލިއަނަށް ވުރެ ގިނަ އަލްބަމް ވިއްކާފައިވާ ގަންސް އެން ރޯސަސް އަކީ މިއަދު ގިން ބަޔަކު ގަބޫލުކުރާ ގޮތުގައި އެމެރިކާގެ އެންމެ ކާމިޔާބު "ހާރޑް ރޮކް" ބޭންޑު ތަކުގެ ތެރެއިން ގުނާލެވޭ މަޝްހޫރު ބޭންޑެކެވެ.
1980ގެ ގަދަފަދަ "ހެވީ މެޓަލް" އާއި "ހާރޑް ރޮކް" ދާއިރާގެ ތެރެއިން މުޅިން އާ ނަމަވެސް ފާހަނގަ ކޮށްލެވޭ އަހަރުތަކަކަށް ބޭންޑުގެ މިޔުޒިކީ ސްޓައލާއި، ސްޓޭޖް މަތިން ދައްކަމުން ދާ ހުނަރު ތަކާއި ދައްކަމުން ދާ މަންޒަރުތަކުގެ ސަބަބުން މިބޭންޑަށް ވަދެވުނެވެ. އެދުވަސްވަރުގެ މިޔުޒިކް ވިޔަފާރީގައްޔާއި، ވީޑިއޯ ޗާރޓްތަކުގައި އަދި ރޭޑިއޯ ސްޓޭޝަންތަކުގައި އެންމެ މަޝްހޫރުކަމާއި އެކު ހިނގަމުން އައީ ގްލެމް މެޓަލް ނަމަކަށް ކިޔާ މިޔުޒިކީ ބާވަތެކެވެ. އެހެންނަމަވެސް ގަންސް އެން ރޯސަސް އުފަންވުމާއެކު ދުނިޔެއަށް ސްލީޒް ރޮކް މަޝްހޫރުވެ އާއްމުންގެ ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދިއެވެ. 1987 ކުން 1993 ކަށް ބެލެވިފައިވަނީ ގަންސް އެން ރޯސަސް ގެ ރަން ދަޢުރު ކަމުގައެވެ. އާދެ! މިޔުޒިކީ ދުނިޔޭގެ އެންމެ މަތީ އުޑުގައި މި ބޭންޑް ފިޔަ ޖަހާލި އަހަރުތައް ކަމުގައެވެ. ނަމަވެސް ހިތާމައަކީ ބޭންޑުގެ މެމްބަރުންގެ ހިޔާލު ތަފާތުވުންތައް ގިނަވެގެން ދިއުމެވެ. އެކި އެކި މެމްބަރުން މަސްތުވާތަކެއްޗާއި ދިމާލަށް އެނބުރުމުގެ ސަބަބުން އެކުގައި މަސައްކަތް ކުރުމުގެ ރޫޙު ގެއްލިގެން ދިޔުމެވެ. ގަންސް އެން ރޯސަސް ފެށުނީއްސުރެ މިއަދާހަމަ ފައިތިލަ ސާބިތުކޮށްގެން ހުރެވުނު ހަމައެކަނި މެމްބަރަކީ ބޭންޑުންގެ މައި ލަވަ ކިޔުންތެރިޔާ އެކްސެލް ރޯސް އެވެ.
[އުނިއިތުރު ގެންނަވާ] ބޭންޑްގެ ތާރީޙް
[އުނިއިތުރު ގެންނަވާ] މަޝްހޫރުވެގެން ދިޔުން (1989-1985)
[އުނިއިތުރު ގެންނަވާ] އެންމެ ކުރީގެ ތާރީޙް
'ގަންސް އެން ރޯސަސް އިކީ 1985ގެ މާޗް މަހު ލޮސް އެންޖަލިސްގައި އުފެދުނު ބޭންޑެކެވެ. އެކްސެލް ރޯސްގެ ހޮލީވުޑް ގަންސް އާއި ޓްރޭސީ ގަންސްެގެ އެލް.އޭ ގަންސް ނުރަސްމީ ސިފައެއްގައި ގުޅިގެން އުފެއްދި ބޭންޑެކެވެ. ގަންސް އެން ރޯސަސްގެ ނަން އުފެދިގެން އައިސްފައިވަނީ މިދެބޭންޑްެގެ ނަން އެމުނި އެކުލަވާލެވިގެންނެވެ. މިބޭންޑް ފެށިގެން އައި އިރު މެމްބަރުންގެ ގޮތުގައި އޭރު ތިބީ މިދެބޭންޑުގެ މެމްބަރުންނެވެ. އާދެ ހޮލީވުޑް ރޯސަސްެއިން އެކްސެލް ރޯސްގެ ޒަމާންވީ ރަހްމަތްތެރިއެއް ކަމުގައިވާ ރިދަމް ކުޅުންތެރިޔާ، އިޒީ ސްޓްރެޑްލިން، އަދި އެލްެއޭ ގަންސްއިން ގަންސްގެ ކުރީގެ ބޭންޑް މެމްބަރުން ކަމުގައިވާ އޯލް ބެއިޗް (މީނާގެ ބަދަލުގައި ފަހުން ބޭންޑަށް ގެނައީ ބޭސް ކުޅުންތެރިޔާ ޑަފް މެކެއިގަން) އާއި ބެރުޖެހުންތެރިޔާ ރޮބް ގާރޑްނަރ އެވެ. އެވަގުތު ދުނިޔޭގެ މަަޝްހޫރުކަން ހޯދައިފައިވާ ހެވީމެޓަލް މިއުޒިކްގެ ތެރެއަށް މިބޭންޑް ރޮކް، ހާރޑް ރޮކް، ބްލޫސް އަދި ޕަންކް އެކުލަވާލިއެވެ. އާދޭެހެވެ. މުޅިން އާ ސްޓައިލެއް އުފެއްދީއެވެ. ގަންސް އެންޑް ރޯސަސްގެ ފުރަތަމަ ފެނިލުން ތަކަށް ޓްރޭސީ ގަންސަށާއި ރޮބް ގާރޑްނާރ އަށް އެރޭެ ގޮތް ނުވުމުން އެކްސެލް ރޯސް މިބޭންޑަށް މުޅިން އާ ދެމެމްބަރުން ވެއްދިއެވެ. ގިޓާ ކުޅުންތެރިޔާ ސްލޭޝްއާއި ބެރުޖެހުން ތެރިޔާ ސްޓީވަން އެޑްލަރ އެވެ. 1986 ފެށުނު ތަނާހެން މިދެމެމްބަރުން ދާއިމީ މެމްބަރުންގެ ގޮތުގައި ބޭންޑާއި ގުޅުނެވެ. ނަތީޖާއެއްގެ ގޮތުން ބޭންޑުގެ މެމްބަރުންގެ ގޮތުގައި އޭރުތިބި ބަޔަކަށްވީ: އެކްސެލް ރޯސް (މައި ލަވަކިޔުން ތެރިޔާ)، ސްލޭޝް (ލީޑް ގިޓާ)، އިޒީ ސްޓްރެޑްލިން (ރިދަމް ގިޓާ)، ޑަފް މެކޭގަން (ބޭސް ގިޓާ) އަދި ސްޓީވަން އެޑްލަރ (ބެރު) އެވެ. ގަންސް އެން ރޯސަސް ގެ މަޝްހޫރު އަދި ފާހަގަ ކޮށްލެވޭ ލަވައެއް ކަމުގައި ވާ "ވެލްކަމް ޓު ދަ ޖަންގަލް" ލިޔެފައިވަނީ ބޭންޑް ލޮސް އެންޖަލަސްއަށް އެނބުރި ދާން ކުރި ދަތުރުގައެވެ.